08 Nov 2015, 09:57
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް މިއަދު ޖެއްސި ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވުމާ ގުޅިގެން ވަގުތީ ގޮތުން ރަންވޭ ބަންދުކުރުމަށް ފަހު އަލުން ހިދުމަތްދޭން ފަށައިފި އެވެ.
ޑެލްވެއިސް އެއާގެ ފްލައިޓަކުން ތެޔޮ ލީކްވުމާ ގުޅިގެން މިއަދު 8:00 ޖަހާކަންހާއިރު އައިއެންއައިއޭގެ ރަންވޭ ބަންދުކޮށްފައިވާ އިރު ރަންވޭ އަލުން ހުޅުވާފައި ވަނީ ހެނދުނު 9:10 ގަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ހަސަން އަރީފް މިއަދު ސަން އަށް ވިދާޅުވީ ރަންވޭ އަލުން ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ރަންވޭ ބަންދު ކުރި ނަމަވެސް އެގަޑީގެ ގޮތުން ފުލައިޓްތައް ޑިލޭވުމުގެ މައްސަލަ ކުރިމަތި ނުވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.