08 Nov 2015, 11:03
ފްރާންސް ލީގްގައި ޓޮއުލޯސް ކޮޅަށް ފަސް ގޯލްޖަހައި ޕީއެސްޖީ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މެޗަށް ނިކުއިން އިރު ޓޮއުލޯސް ލީގްގައި ކުޅުނު އެއްވެސް މެޗަކުން އަދި މޮޅުވެފައިނުވާ އިރު ޕީއެސްޖީ ވަނީ ލީގްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހަދަމުން އަންނަ ރެކޯޑް ދަމަހައްޓައިފަ އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު އެ މެޗަގެ ފުރަތަމަ 20 މިނެޓް ތެރޭގައި ޑިމާރިއާގެ ރީތި ފްރީ ކިކަކުން އަދި ޒެލްޓަން އިބްރަހިމްއިވިޗް ގެ ލަނޑުން ޕީއެސްޖީ ވަނީ ލީޑް ނަގައިފަ އެވެ. ފުރަތަމަ ހާފް އެ ނަތީޖާގައި އޮވެ ނިމުނުއިރު ޓޮއުލޯސް އަށް ވަނީ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތް ނުވެފަ އެވެ.
ދެވަނަ ހާފްގައި ބަދަލު ކުޅުނެތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ މެޗްގެ 66 ވަނަ މިނެޓްގައި ޕީއެސްޖޯގެ ތިންވަނަ ގޯލް އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ވެންޑާ ވީލް ތަނަވަސް ކޮށްދިން ފުރުސަތަކުން ލޫކަސް މޮއުރާ އެވެ.
ޕީއެސްޖީގެ ހަތަރު ވަނަ ގޯލް މެޗްގެ 75 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ ދެވަނަ ގޯލްވެސް ކާމިޔާބް ކޮށްދީ މިވަގުތު ލަނޑު ލިސްޓްގެ އެންމެ ކުރީގައި 18 ގޯލްޖަހައިގެން އޮތް އިބްރަހިމްއޮވެޗް އެވެ. އަދި އޭގެ ތިންމިނެޓް ފަހުން އިބްރަހިމްއޮވިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑް ފުޅާކޮށްދިނީ ލަވިޒްޒީ އެވެ.
އެ މެޗުން މޮޅުވި ޕީއެސްޖީ 35 ޕޮއިންޓާ އެކު ތާވަލްގެ އެންމެ ކުރީގައި އޮތް އިރު މެޗުން ބަލިވި ޓޮއުލޯސް އޮތީ ނުވަ ޕޮއިންޓް ލިބިގެން އެންމެ ފުލުން ދެވަނައިގަ އެވެ. އަދި 24 ޕޮއިންޓް ލިބިގެން ތާވަލުގެ ދެވަނާގައި ސީން އޮތް އިރު އޮލިމްޕިކް ލިއޮނައިސް އޮތީ ތިންވަނާގައި 22 ޕޮއިންޓާއިއެކުގަ އެވެ.