ހަތިޔާރު އެޅި ސިފައިން ބައިތިއްބައިގެން ފުލުހުން މައްޗަންގޮޅީ ގެއެއް ބަލައިފާސްކޮށްފި އެވެ.

ދަންވަރު 12 ޖެހިފަހުން ސިފައިންނާއި ފުލުހުން ވަދެފައި ވަނީ މއ. ތޯތާގެއަށެވެ. ކޯރުކެނޑިމަގުން ވަދެވޭ ގޯޅިގަނޑެއްގެ ތެރޭގައި ހުރި އެ ގެ ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ހަތިޔާރު ހުރި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެ ގެއިން ހަތިޔާރެއް ނުފެނެ އެވެ.

އެ ސަރަހައްދުގެ ބޮޑުބައެއް ބަންދު ކުރުމަށްފަހު ފުލުހުން ބަލައި ފާސްކުރި ގެއިން ބައެއް ތަކެތި ސިފައިންނާއި ފުލުހުން ގެންދިޔަ އެވެ. އެ ގެއިން ގެންދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ.

މއ. ތޯތާގެ ފުލުހުން ބަލައިފާސްކޮށްފައިވާއިރު، ހުޅުމާލެ ބީޗު ސަރަހައްދުގައި ހުންނަ ގެއެއް ވެސް ދަނީ ބަލައިފާސްކުރަމުންނެވެ. މިރޭ އިރާކޮޅު ހެންވޭރު ގެއެއް ވެސް ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ.