07 Nov 2015, 23:05
ހެންވޭރު ގެއަކަށް ފުލުހުން ވަދެ، ބަލައި ފާސްކޮށް، ބައެއް ތަކެތި ގެންގޮސްފި އެވެ.
ފުލުހުން މިރޭ ބަލައި ފާސްކޮށްފައި ވަނީ ހެންވޭރުކޮޅު މޫކައި ހޮޓާ ހުންނަ މެހެލި ގޯޅިއާ ގުޅިފައި ހުންނަ ދީފުރޭމްގޯޅީގައި ހުންނަ ގެއެކެވެ. އެ ގެ ބަލައިފާސްކޮށްފައި ވަނީ ދީފުރޭމްގޯޅި އާއި މެހެލި ގޯޅީ ބަންދުކުރުމަށްފަހު އެވެ.
ބަލައި ފާސްކުރި ގެއިން ފުލުހުން ގެންދިޔައީ ކޮންއެއްޗެއް ކަމެއް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި އެ ގެ ބަލައިފާސްކޮށްފައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެންނެވެ.
އެ ގެ ބަލައިފާސްކުރި މައްސަލައާ ގުޅިގެން ފުލުހުން އަދި މިހާތަނަކަށް އެއްވެސް މައުލުމާތެއް ހާމައެއް ނުކުރެ އެވެ.