ގަހަނާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ގއ. ދާންދޫއިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގަހަނާތަކެއް ވަގައް ނެގި ކަމުގެ ތުހުމަތުގައި ދާންދޫއިން ހައްޔަރުކުރީ އުމުރުން 35 އަހަރުގެ އަންހެނެއް ކަމަށާއި އެތަކެތި ހޯދަން ކުރި މަސައްކަތުން މިހާތަނަށް ވަނީ ރަން ހާރަކާ އަނގޮޓިއެއް ފެނިފަކަމަށެވެ.

އޭގެ އިތުރުން ރަން ފައުނަކާ ރަން އަނގޮޓިއަކާ ޗެކްފޮތެއް ގެއްލި އަދި ނުފެންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އަންހެން މީހާއަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ގޯތި ގެދޮރުން ވައްކަން ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ.

އަދި އޭނާއަކީ ގޯތިގެދޮރުން ވައްކަން ކުރުމާ މަސްތުވާތަކެތި ގެންގުޅުމާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ރެކޯޑު ވެސް އޮއްނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ އަންހެންމީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.