ކ. މާފުށީ އަތިރިމަތިން 10 ދަޅު ބިޔަރާ ވޮޑުކާފުޅިއެއް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ތަކެތި ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 21:45 ހާއިރު ކަމަށެވެ. މާފުށީ އާއްމު ރައްޔިތުން ދިން މައުލޫމާތަކާއި ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނުން އެތަކެތި ހޯދާފައި ވަނީ އެރަށުގައި ހުންނަ ތަޢުލީމާ މަސައްކަތް އުގަންނައިދޭ މަރުކަޒު ސަރަހައްދު އަތިރިމަތީ އެހެލާފައި އޮތް ދޯންޏެއްގެ ކައިރީ ބަހައްޓާފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.