އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަން (އޭއެސްސީ)ގެ އެގްޒެކެޓިވް ކޮމިޓީއަށް ރާއްޖޭގެ ޝޫޓީން އެސޯސިއޭޝަންގެ ރައީސް އަދި ކުރީގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނަރަލް ރިޓަޔާޑް މުހައްމަދު ޒާހިރި އިންތީޚާބު ކޮށްފިއެވެ.

އޭއެސްސީގެ އެކްސްކޯއަށް ޒާހިރު އިންތިޚާބުކޮށްފައިވަނީ ކުވައިތުގައި އިއްޔެ ބޭއްވި އޭއެސްސީގެ ޖެނަރަލް ކޮންގްރެސްގައެވެ.

އޭއެސްސީގެ އެކްސްކޯއަށް މުޙައްމަދު ޒާހިރު ހޮވިވަޑައިގެންނެވީ އެކްސްކޯއަށް ވާދަކުރެއްވި 14 ގައުމުގެ ކެނޑިޑޭޓުންނާ ވާދަ ކުރައްވައެވެ.

އެކްސޯގައި ތިއްބުވަނީ އަށް މެންބަރުންނެވެ.

އޭއެސްސީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ޒާހިރު މިވަގުތު ހުންނެވީ ކުވައިތުގައެވެ.

މިއަދު ބޭޭއްވި ކޮންގްރެސްގައި ވަނީ އޭއެސްސީގެ އެހެން މަގާމުތަކަށްވެސް މެންބަރުން އިންތިޚާބުކޮށްފައެވެ.

އޭއެސްސީގެ ރައީސަކީ ކުވައިތުގެ ޝައިޚް ސަލްމާން އަލް ސަބާހްއެވެ.