ރާއްޖެ ޓީވީ އަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ އެޓިވީގެ އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓަލައިފި އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ މިރޭ ސަން އަށް ވިދާޅުވީ އެޓީވީގެ މުވައްޒަފުންނާއި އެ ސްޓޭޝަންއަށް ރައްކާތެރިކަމެއް ނެތުމުން އެ ސުޓޭޝަން އިން އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓާލުމުން އެއްވެސް ނިއުސް ގަޑިއެއް ނާންނާނެ. އަދި އެއްވެސް އިވެންޓެއް ލައިވްއެއް ނުކުރާނެ." ފިޔާޒު ވިދާޅުވި އެވެ.

އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓާލުމުން އެޗެނަލް މެދުވެރިކޮށް ދެން ދައްކާނީ ގައުމީ ލަވައާއި މުނިފޫހި ފިލުމުގެ ކޮންޓެންޓް ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އެ ސްޓޭޝަންއިން އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓާލީ ވަކި މުއްދަތަކަށް ނޫން ކަމަށާއި އެ ސުޓޭޝަންއަށް ފަހި މާހައުލެއް ގާއިމްވިހާ އަވަހަކަށް އާންމު ބުރޮޑްކާސްޓިން ފެށިގެންދާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.