ސާޅިސް ވަނަ ގައުމީ ފެތުމުގެ މުބާރާތް މިމަހު 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މި މަހު 29 އިން އަންނަ މަހު ފަސް ވަނަ ދުވުހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މުބާރާތަށް ފޯމު ލުމުގެ ފުރުސަތު މާދަމާގެ 2:00 ގައި ހަމަވާނެ އެވެ.

މުބާރާތުގެ އެސްޓީއޯއިން ވިއްކާ މަކިޓަ ބްރޭންޑް ސްޕޮންސަކޮށްފައިވުމުން މިއަހަރުގެ މުބާރްތް ބާއްވަނީ 'މަކިޓާ ގައުމީ ފެތުމުގެ މުބާރާތު'ގެ ނަމުގައެވެ.

މިފަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ޚާއްސަ އެޙިއަށް ބޭނުންވާ މީހުންގެ ކެޓަގަރީއެއް ވެސް ވަނީ ޚައްސަކޮށްފަ އެވެ.

މި މުބާރާތް އޮންނާނީ މާލޭ ސްވިމިންގ ޓެރްކްގައެވެ.