06 Nov 2015, 11:35
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަކީ އޭނާ ކަމަށް ޕޯޗްގަލް އާއި ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްތިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އޭނާ ގުބޫލު ކުރަނީ މިއަހަރު އެކަނި ނޫންކަމަށާއި އަބަދުވެސް އޭނާ ގަބޫލު ކުރަނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.
އަދި އެކަމުގައި އެހެން މީހުން ކިޔާފާނެ އެއްޗަކާ މެދު އޭނާ ނުވިސްނާ ކަމަށް ރޮނޯލްޑޯ ބުންނެވެ.
"އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެކަމާ ބެހޭ ގޮތުން އެހެން މީހުން ހިތައްއަރާނެ ގޮތަކާ މެދު ނުވަތަ އެހެން މީހުން ކިޔާފާނެ އެއްޗަކާ މެދު ވިސްނާކަށް ނެތިން. އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނަނަނީ ހަމައެކަނި މިއަހަރަކު ނޫން. އަބަދުވެސް އަހަންނަކީ އެންމެ މޮޅު ކުޅުންތެރިޔާ" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ އޭނާއަށް މިހާރު ދެވިފައިވަނީ ވާދަކުރަން އުނދަގޫ ހިސާބަކަށް ކަމަށެވެ.
ދުނިޔޭގެ އެންމެ މޮލު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރަށް ހޮދަފައިވާ ރޮނާލްޑޯ ބުނީ ފުޓްބޯޅައިގެ ތާރީޚް އޮތީ އޭނާގެ އަތުގައި ކަމަށް ބުނަން ނުޖެހޭ ކަމަށާއި ނަމަވެސް އޭނާއަކީ ލެޖެންޑެއް ކަމަށެވެ. އަދި ފުޓްބޯޅަ ހިސާބުތަކުން އެކަން ފެންނާނެ ކަމަށެވެ.
"އަހަރެން ބުނާކަށް ނުޖެހޭ ފުޓްބޯޅައިގެ ތާރީޚް އޮތީ އަހަރެން އަތުގައޭ ބުނާކަށް. އެކަމަކު ފުޓްބޯޅައިގައި އަހަންނަކީ ލެޖެންޑެއް ފުޓްބޯޅަ ހިސާބުތަކުން އެކަން ފެއްނާނެ" 2009 ވަނަ އަހަރު ރެއާލްއާ ގުޅެ އެކުލަބަށް އެންމެ ގިނަ ލަނޑު ޖަހަދީފައިވާ ކުޅުންތެރިޔާގެ ރެކޯޑް ހޯދަފައިވާ ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ވޭތުވެދިޔަ އަށް އަހަރު ފުޓްބޯޅައިގައި އޭނާއަށް މިހާރު ދެވިފައި ހުރި ހިސާބަށް ދެވިފައި ހުރީ ގަބޫލުކުރަންވެސް އުނދަގޫ މަރުހަލާއަކަށް ކަމަށާއި އަދި ކުރިއަށް އޮތް ހައެއްކަ އަހަރު އެއް ފެންވަރެއްގައި ކުޅެން ބޭނުންވާ ކަމަށެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދައި ކުލަބު ކެރިއާގައި ކުޅުނު 492 މެޗްގައި 418 ގޯލް ޖަހާފައިވާ ބާސެލޯނާއާއި އާޖެންޓީނާގެ ލިއޮނަލް މެސީއާ އޭނާ އަޅައައި ކޔައި ސުވާލުކުރުމުން ރޮނާލްޑޯ ބުނީ މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނާ މީހުން އެފާޅު ކުރަނީ އެމީހުންގެ ހިޔާލު ކަމަށާއި އެހިޔާލަށް އޭނާ އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް އޭނާ ގަބޫލު ކުރަނީ އޭނައަކީ އެންމެ މޮޅު ކުޅޫންތެރިޔާ ކަމަށެވެ.
"އެއި އެފަރާތްތަކުގެ ހިޔާލު. އެ ހިޔާލަށް އަހަރެން އިހްތިރާމް ކުރަން. ފަހަރެއްގައި ކަލޭގެ ދެގޭ ގޮތުގައި އަހަންނަށްވުރެ މެސީ މޮޅޭ. އެކަމކު އަހަރެންގެ ވިސްނުމުގައި އެންމެ މޮޅު ކުޅުންތެރިޔަކީ އަހަރެން" ބީބީސީގެ ސްޕޮޓްސް އެޑިޓަރު ޑެން ރޯން ސުވަލު ކުރުމުން ރޮނާލްޑޯ ބުންނެވެ.