05 Nov 2015, 16:00
ނައިބު ރައީސްކަމުގެ މަގާމުން އަޙުމަދު އަދީބު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓްދިން މެމްބަރުންނަށް މޯލްޑިވެސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ޝުކުރު އަދާކޮށްފި އެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އަވަހާރަކޮށްލަން އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗްގައި ބޮމެއް ގޮއްވާލުމާއި ރާއްޖޭގެ އެކި ތަންތަނުން ފެނުނު ހަތިޔާރުގެ ތުހުމަތު ކުރެވޭތީ އަދީބު ވަކި ކުރުމުން މެމްބަރުންނަށް " ނުހަނު ޡާޢަޡާ އެކު ޝުކުރު ދަންނަވާ" ކަމަށެވެ.
ނައިބު ރައީސް ކަމުގެ މަގާމުން އަޙުމަދު އަދީބު ވަކިކުރީ އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.