Back
Nov 21, 2025 SUN
SUN

ޒުވާން ދަނޑުވެރިޔާ އާއި ޒުވާން މަސްވެރިޔާ ހޮވައިފިި

ޒުވާން ދަނޑުވެރިޔާ އާއި ޒުވާން މަސްވެރިޔާ ހޮވައިފިި
Lead photo

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރި ޒުވާން ކެޔޮޅުންނާއި ދަނޑުވެރިން ހޮވައިފިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން މި ޝަރަފު ހާސިލްކޮށްފައި ވަނީ ފ. ނިލަންދޫ ބީޗް ހައުސް އިބްރާހިމް މޫސާއެވެ. އަދި ވޭތުވެދިޔަ 50 އަހަރު ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވުނު އެންމެ ޚިދުމަތްތެރި ދަނޑުވެރިއާގެ ޝަރަފު ޏ. ފުވައްމުލަކު ރޯޒްވިލާ އަހުމަދު ދީދީ ވެސް ވަނީ ހާސިލްކޮށްފައެވެ.

މަސްވެރިކަމުގެ ދާއިރާއިން ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ ޝަރަފު ދެ ބޭފުޅަކު ވަނީ ހާސިލް ކޮށްފައެވެ. އެ ދެ މީހުންނަކީ ސ. މަރަދޫ އަސުރުމާގެ ހަސަން ވަޖުދީއާއި، ގއ. ވިލިނގިލި ޕެރިސްރޯސްމާގޭ އިބްރާހިމް އަޒީޒެވެ.

އެ އެމީހުންނަަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝައިނީއެވެ.

މިރޭގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވާއިރު، މިދިޔަ އަހަރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ކަޅުބިލަމަސް ކިރުވި ދޯންޏަކާއި ކަންނެލި ކިރުވި ދޯންޏަށް ދޭ އެކުވެރިކަމުގެ ކާޑުވެސް ހަވާލުކޮށްފައި ވެއެވެ.

ދަނޑުވެރިކަމުގެ މައުލޫމާތު ހިމެނޭ ފޮތެއް ކަމަށްވާ "ދަނޑު ފަންގި 1" ފިޝަރީސް މިނިސްޓަރުގެ ނައިބު ޝަޒައިލު ޝިޔާމް ވަނީ މިރޭގެ ރަސްމިއްޔާތުގައި ނެރެދެއްވާފައެވެ.

ފިޝަރީޒް މިނިސްޓަރުގެ ނައިބު ޝަޒައިލް ޝިޔާމް ދަނޑުވެރިކަމާ ބެހޭ ފޮތް ނެރެދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ފޮތާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ އެގްރިކަލްޗާ އެކްސްޓެންޝަންގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ އެ ފޮތަކީ އަލަށް ދަނޑުވެރިކަން ކުރަން ފަށާ ފަރާތްތަކަށް ދަނޑުވެރިކަމުގައި ހައްދާ ބާވަތްތަައް ހެއްދުމަށް ހޭދަވާ ފައިސާ އާއި އެކަމަށް ބޭނުންވާ ތަފާތު އާލާތްތަކުގެ މައުލޫމާތު ލިބިގެން ދާނެ ފޮތެއް ކަމަށެވެ.

"އިންވެސްޓެއް ކުރައްވަން ބޭނުންފުޅުވާ ފަރާތަކަށް އެފަރާތަކަށް ބޭނުންވާނެ ތަފާތު ހިސާބުތަކާއި، އެކަމަށް ދާނެ ޚަރަދުތަކާއި އެބާވަތެއް ހައްދައިގެން ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ނަފާ ފަދަ މައުލޫމާތުތަކެއް ފޯރުކޮށްދިނުން މި ފޮތް ނެރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ،" އާމިރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކިއެކި މުބާރާތްތަކުން ވަނަތައް ހާސިލްކޮށްފައިވާ ފަރާތްތަކަށްވެސް އިނާމު ހަވާލުކޮށްފައެވެ.

އަދި ސުކޫލް ކުދިންގެ "ޔަންގް ފިޝާޒް ކްލަބު" ވެސް މިރޭގެ ރަސްމިއްޔަތުގައި އިފްތިތާހު ކޮށްފައިވެއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics