Last Updated: 1 decade 3 week ago
Last Updated:
1 decade 3 week ago
ނައިބު ރައީސްގެ މަގާމުން އަދީބު ވަކިކޮށްފި
- އަދީބުގެ އިތުބާރު ނެތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އިތުބާރު ނެތް ކަމުގެ މައްސަލަ ކުއްލި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްއެޖެންޑާކޮށްފިއެވެ.
އެ މައްސަލައެޖެންޑާކުރުމާއެކު މަޖިލިސް އަލުން ފަށާނީ މިއަދު މެންދުރުފަހު 2:30 ގަ އެވެ.
15:41
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުން، އޭނާ މަގާމުން ވަކިކޮށްފި އެވެ.
ނައިބު ރައީސް ކަމުގެ މަގާމުން އަދީބު ވަކި ކުރެއްވި އިރު އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވަނީ އަދީބު މަގާމުން ވަކިކުރެއްވުމާ އެއްކޮޅަށް ވޯޓުދެއްވާފަ އެވެ. ސަރުކާރުގެ މެމްބަރުން އަދީބު ވަކި ކުރެއްވުމަށް ވޯޓު ދެއްވިއިރު މިނިވަން މެމްބަރެއްގެ ގޮތުގައި އިންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ވަނީ އަދީބު ވަކި ކުރެއްވުމާ އެއްކޮޅަށް ވޯޓު ދެއްވާފަ އެވެ.
ނައިބު ރައީސް ކަމުން އަދީބު ވަކި ކުރެއްވުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. ގަރާރު ހުށަހަޅުއްވަމުން އަބްދުރަހީމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި އަދީބު ޒިންމާ އަދާ ނުކުރައްވާތީ އާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވުމުން ކަމަށެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ އެ ގަރާރަށް ބަހުސް ކުރެއްވުމުގެ ބޭނުމެއް ހަގީގަތުގައި ނެތް ކަމަށާއި އެ މައްސަލައަކީ އެންމެނަށް ވެސް އެހާމެ ސާފުކޮށް އެނގެން އޮތް ސައްހަ މައްސަލައެއް ކަމަށެވެ.
ނައިބު ރައީސްގެ މަގާމުން އަދީބު ދުރުކުރެއްވުމުގެ ގަރާރަށް މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވިއިރު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ނައިބު ރައީސް ކަމުން އަދީބު ވަކި ކުރެއްވުމަށް ވޯޓު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި މަންޒަރު އެ ވަގުތު މަޖިލީހުގެ ގެލެރީގައި ތިބި ނޫސްވެރިންނަށް ފެނިގެން ދިޔަ އެވެ. އަދި އެ މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ ވޯޓު ހޯއްދެވުމަށް ވެސް މެމްބަރުން މަސައްކަތް ކުރެއްވި މަންޒަރު ނޫސްވެރިންނަށް ފެނިގެން ދިޔަ އެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.
މަޖިލީހަށް ޖަވާބުދާރީ ވުމަށް ނައިބު ރައީސް އަދީބު މާލެ ނުގެނެ އެވެ. އޭނާއަށް ޖަވާބުދާރީވާން ދިން މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަކޮށްފައި ވަނީ ރައީސް ޔާމީން އިއްޔެ ނެރުއްވި ގަރާރުގަ އެވެ. އެ ގަރާރުގެ ދަށުން އޭނާއަށް ދިން މުއްދަތު ވަނީ ހަމަވެފަ އެވެ.
މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހަށް ޖަވާބުދާރީވާން ވަޑައިގަތުމަށް އަދީބަށް ދަންނަވާފައިވާނެ ކަމަށެވެ. ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވާން ފުރުސަތު ދެއްވި އޭނާ ވިދާޅުވި އެވެ. ވެސް އެމަނިކުފާނު އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައި ނުވާ މަސީހު ވިދާޅުވި އެވެ.
ނައިބު ރައީސްގެ މަގާމުން އަދީބު ވަކިކޮށްފި. އަދީބު މަގާމުން ވަކިކުރީ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުން.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުން.
ބަހުސްގެ މަރުހަލާ ނިންމާލައިފި. އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން ފަސް މިނިޓް ވަނީ ދީފައި.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށްގެން ރާއްޖެ އަމާންއޮމާން މަންޒިލަކަށް ގެންދިއުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް. އަދި ވިދާޅުވީ އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އޭނާ ބައިވެރިވާނެ ކަމަށް.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް، އެ ޕާޓީގެ މެޖޯރީޓީ އޮތް މަޖިލީހުން ބޭރުކޮށްލަން ޖެހުމުން ހިތާމަ ކުރައްވާ ކަމަށް. އަދި ވިދާޅުވީ ވިދާޅުވީ ދައުރުގެ ތެރޭގައި ދެ ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކުރަންޖެހޭ ހިސާބަށް ދިއުމުން ވިސްނަންޖެހޭ ކަމަށް. މިހާލަތަށްދާނަމަ ޕީޕީއެމްގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަޒުލު ކުރަންޖެހޭ ހިސާބަށް އެ ޕާޓީން ދާނެ ކަމަށް.
ގާސިމް ނިޒާމީ މައްސަލައެއް ނަންގަވައިފި. ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް މަޖިލީހުގައި ކުރަމުންދާ ކަމަށް މެމްބަރުން ބުނަމުންދާތީ، އެކަން ފާހަގަކޮށްލަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް.
މިހާރު މިއޮތީ މިކަން ކުރަންޖެހިފައި. ދެން ކީއްތޯ ކުރާނީ
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާތީ އަދީބު މަގާމުން ވަކިކުރަންޖެހޭ ކަމަށް ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވި.
މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް. އޭނާ ވަނީ އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ގޮތާމެދު ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރައްވާފައި. އިތުބާރު ނެތް ކަމުގެ ވޯޓަށް އޭނާ ދެކޮޅު
އަދީބުގެ ގާނޫނީ ވަކީލް ޝަމީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސަށް ޖަވާބުދާރީވާން ދިން މުއްދަތު ހަތް ދުވަހަށް ކުޑަކުރިކަން އަންގާފައި ނުވާ ކަމަށް.
Notice given to VP by Majlis said he has to attend after 14 days. Not 7 days!! As far as I know, he wasn't informed of the change.
— Hussain Shameem (@HuShameem)November 5, 2015
ގާސިމް ވިދާޅުވީ ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ އިތުބާރު ނެތުމުން، ސުވާލެއް އުފެއްދުމަކާ ނުލައި އަދީބު މަގާމުން ވަކިކުރަންޖެހޭނެ ކަމަށް.
އިތުބާރު ނެތް ކަމުގެ މައްސަލާގެ ބަހުސްގައި ފަށައިގެން ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ވެސް ވާހަކަފުޅު ދައްކަވައިފި.
އަދީބުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅުއްވަނީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ.
އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި އަދީބު ޒިންމާ އަދާ ނުކުރައްވާތީ އާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވުމުން ކަމަަށް ވިދާޅުވި.
މަޖިލީހަށް ޖަވާބުދާރީވާން ވަޑައިގަތުމަށް ދަންނަވާފައިވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ. ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވާން ފުރުސަތު ދެއްވި ކަމަށް. ނަމަވެސް އެމަނިކުފާނު އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައި ނުވާ ކަމަށް.
މަޖިލިސް ފަށައިފި. އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
މަޖިލީހަށް ޖަވާބުދާރީވާން ނައިބު ރައީސް މާލެ ނުގެންނަން ނިންމައިފި. އޭނާއަށް ޖަވާބުދާރީވާން ދިން މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުޑަކޮށްފައިވަނި ރައީސް ޔާމީން އިއްޔެ ނެރުއްވި ގަރާރުގައި. އެ ގަރާރުގެ ދަށުން އޭނާއަށް ދިން މުއްދަތު ވަނީ ހަމަވެފައި.