05 Nov 2015, 16:59
ބޮރޫޝިއާ ޑޯޓްމަންޑްގެ މާކޯ ރޮއިސް ކުޅެން ބޭނުން ވަނީ ބާސެލޯނާގައި ލިއޮނަލް މެސީއާއި އަންދުރޭ އިނިއެސްޓާ ނުވަތަ ރެއާލް މެޑްރިޑްގައި ރޮނާލްޑޯއާ އެކު ކަމަށް އެނާ ބުނެފިއެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ބާސާއިން ދަނީ ރޮއިސް އެޓީމަށް ގެންދަން މަސައްކަތް ކުރަމުންނެވެ.
ޔޫރޮޕާ ލީގްގައި އަޒަރުބައިޖާންގެ ގަބާލާއާ ދެކޮޅަށް މިރޭ ކުޅޭ މެޗްގެ ކުރިން ވާހަކަ ދައްކަމުން ރޮއިސް ބުނެފައިވަނީ ޑޯޓްމަންޑަށްފަހު އޭނާގެ ފޭވަރިޓް ޓީމަކީ ބާސާ ކަމަށެވެ.
"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ރޮނާލްޑޯ ވިޔަސް ނުވަތަ މެސީ ވިޔަސް އެކުޅުންތެރިންނާއެކު އަހަރެން ކުޅެން ބޭނުންވޭ. އަދި މިޑްފީލްޑްގައި ނަމަ އަހަރެން ބޭނުމީ އިނިއެސްޓާއާ އެކު ކުޅެން،" ރޮއިސް ބުންޏެވެ.
ޓްރާންސްފާ ޚަބަރުތައް ގެނެސްދޭ އެންމެ މަޝްހޫރު ވެބްސައިޓްކަމަށްވާ 'ބްލީޗާ ރިޕޯޓްސް' ގައި ރޮއިސް ގެންދަން ބާސާއިން 60 މިލިއަން ޕައުންޑް ހޭދަ ކުރަން ޖެހޭނެ ކަމަށް ލިޔެފައި ވެއެވެ.
ބާސާއިން ރޮއިސް ގެންދަނީ އަނިޔާގެ ސަބަބުން މިސީޒަންގައި ކުޅުމުގެ ފުރުސަތު ގެއްލުނު ރަފިއާނާ ނެތްތައް ފޫބެއްދުމަށާއި ބާސާގެ މެދުތެރެއަށް ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނެވެ.