05 Nov 2015, 11:11
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ހަސަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް ފަހުމީ އައްޔަން ކުރެއްވީ ރައީސް އޮފީހުގައި އެކަމަށްޓަކައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ.
މެލޭޝިއާގެ ސަފީރު ކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ މަޝްވަރާ ހޯއްދަވަން ރައީސް ޔާމީން ހުށަހެޅުއްވީ، ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.