ހދ. ހަނިމާދޫ ގެއެއްގައި ރޯކޮށްލާނެކަމަށް ބުނެ އެގޭ މީހުންނަށް ބިރުދައްކައި އިންޒާރުދިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހަނިމާދޫ ގެއެއްގެ މުދަލަށް ގެއްލުންދީ ގޭގައި ރޯކޮލާނެކަމަށް ބުނެ އެގޭ މީހުންނަށް ބިރު ދައްކައި އިންޒާރުދިން މައްސަލައަކާއި ގުޅިގެން މި ދިޔަ އާދީއްތާ ދުވަހުއެވެ. އޭނާ ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް، ހަށިގަނޑާއި އޭނާ އުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު ކޮޓަރީގައި ހުރި އެނދުގެ ބާލީސް ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ރަބަރު ޕެކެޓާއި 9 ހޮޅިކޮޅުގެ އިތުރުން 3800 ރުފިިޔާ ފެނިފައިވެ އެވެ.

ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ.

ފުލުހުން އަންނަނީ އެމަސައްލަ ތަހުގީގު ކުރަމުންނެވެ.