އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް މިރޭ ޖެއްސި ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވުމާ ގުޅިގެން ވަގުތީ ގޮތުން ރަންވޭ ބަންދުކުރުމަށް ފަހު އަލުން ހިދުމަތްދޭން ފަށައިފި އެވެ.

ކެތޭޕެސިޕިކްގެ ފްލައިޓަކުން ތެޔޮ ލީކްވުމާ ގުޅިގެން މިރޭ އައިއެންއައިއޭގެ ރަންވޭ ބަންދުކޮށްފައިވަނީ 21:39 ކަންހާއިރުއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ހަސަން އަރީފް މިރޭ ސަން އަށް ވިދާޅުވީ، މިރޭ 11:00 ކަންހާއިރު ރަންވޭ ސާފުކޮށް އަލުން ހުޅުވާފައިވާ ކަމަށެވެ.

މިރޭ ރަންވޭ ބަންދު ކުރަން ޖެހުމާއެކު ގިނަ ފުލައިޓްތަކެއް ވަނީ ޑިލޭވެފައެވެ.