04 Nov 2015, 22:15
ކެތޭޕެސިޕިކްގެ ފްލައިޓަކުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ތެޔޮ ލީކްވުމުގެ ސަބަބުން ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުން މިރޭ 21:45 ކަންހާއިރު "ހައިޑުރޯލިކް" ތެޔޮ ލީކްވުމާ ގުޅިގެން އެކަން ހައްލުކުރުމަށް ރަންވޭ ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.
ރަންވޭ ބަންދު ކުރުމުގެ ބަބުން ބައެއް ފްލައިޓްތަށް ދަނީ ޑިލޭވަމުންނެވެ.
ރަންވޭއަށް ތެޔޮ ލީކްވުމާއި ގުޅިގެން ރަންވޭ ބަންދު ކުރުމަކީ އައިއެންއައިއޭއަށް ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެކެވެ.