މާލެއިން ފުރައިގެން ދިޔަ ބޯޓަކުން ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލަން އެރަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ވަނީ އެ މައްސަލާގައި ހައްޔަރުކުރި ގއ. ވިލިނގިލީ މުތިލާލު، މުހައްމަދު ނިހާލް ދޫކޮށްލަން ވިލިނގިލީ ކޯޓުން އަމުރުނެރެފައި ވަނީ ޖިނާއީ އެފަދަ މައްސަލަތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ޝަރުއީ އަދި ގާނޫނީ އިޖުރާއަތުތަކާއި އުސޫލުތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އެހެންކަމުން އެ އަމުރު ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ބަދަލުކުރުމަށް ވިލިނގީ ކޯޓަށް އަންގައި ވަނީ އަމުރުކޮށްފައެވެ.