04 Nov 2015, 16:49
ސްޓެލްކޯ ކައިރިން ދޮން އަދަރާދަ ހިނގުމާއި އަމީނާ ގުޅޭ ކަންމަތީގައި އޮތް ވެހިކަލެއްގެ ތެރެއިން ފެނުނީ ބޮމެއް ނޫން ކަމަށް އެމްއެމްޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ބޮމެއް ކަމަށް ޝައްކު ކުރެވިގެން ބެލި އެއްޗަކީ "ބޮނޑިއަކަށް އޮޅާފައި އޮތް ނަރުތަކެއް" ކަމަށެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ސިފައިންނަށް ލިބުނު ރިޕޯޓާ ގުޅިގެން ސިފައިންގެ ބޮމް ސްކޮޑްގެ މީހުން ބަލައި ފާސްކޮށްފައި ވަނީ ސްޓެލްކޯ ކައިރިގައި އޮތް ކާރެއް ކަމަށެވެ. އެ ކާރުގެ ބޮނެޓް ތެރޭގައި ބޮނޑިއަކަށް އޮޅާފައި އޮތީ ކަރަންޓު ނަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ ކައިރީގައި ގޮވާ އެއްޗެއް އޮތް ކަމަށް ބެލެވިގެން، ބޮޑު ސަރަހައްދެއް ބަންދު ކުރުމަށްފަހު، އެ ޑިވައިސް އޮތް ކަމަށް ބުނާ ސަރަހައްދުގައި ހަރަކާތްތެރިވީ އެމްއެމްޑީއެފްގެ އެކްސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުންނެވެ. ގަޑިއެއްހާއިރުގެ މަސައްކަތަށްފަހު އެ ޓީމުން ނިންމާފައި ވަނީ އެއީ ގޮވާ އެއްޗެއް ނޫން ކަމަށެވެ.
ރައްކާތެރި އާލާތްތަކާއެކު ޑީއޯޑީ ޓީމުން އެ އެތި އޮތް ސަރަހައްދަށް ގޮސް، އެއީ ކޮން އެއްޗެއްކަން ކަށަވަރު ކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގެ މަގުތކަށް މީހުން ދިޔައީ ޖަމާވަމުންނެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ތިބީ އެ ސަރަހައްދަށް އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.