03 Nov 2015, 22:02
ޑިފެންސް މިނިސްޓަރުގެ މަގާމަށް އާދަމް ޝަރީފް އަދި ޓޫރިޒަމް މިނިސްޓަރު ކަމަށް މޫސާ ޒަމީރަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ޔާމީން ޑިފެންސް މިނިސްޓަރު ކަމަށް ޝަރީފު އަދި ޓޫރިޒަމް މިނިސްޓަރު ކަމަށް ޒަމީރު އައްޔަންކުރައްވާފައި ވަނީ މިދިއަ މަހުގެ 28 ވަނަ ދުވަހު އެވެ.
އެދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރައްވާ ގޮތެއް ނިންމުމަށް އެކަމާ ބެހޭ ދާއިމީ ކޮމިޓީ އަށް ފޮނުވުމަށް މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އޭގެ އިތުރުން ދިވެހި ރާއްޖެ އިން އދ. އަށް ކަނޑައަޅާ ދާއިމީ މިޝަންގެ ޖެނިވާ އޮފީހުގެ ޕާމެނެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ޑރ. ހާލާ ހަމީދު އައްޔަންކުރުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް އެކަމާ ބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ވެސް މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.