02 Nov 2015, 21:18
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި އަލިފާނުގެ ހާއްދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ހަސަން އަރީފް ވިދާޅުވީ، އެ ހާދިސާ މިރޭ ހިނގާފައިވަނީ އެއާޕޯޓުގައި ހުންނަ އެއާލައިން ކޮމްޕްލެކްސް ތެރޭގައި ކަމަށެވެ.
ހަސަން ވިދާޅުވިގޮތުގައި އެހާދިސާގައި މާބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެއްނުވެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އެސަރަހައްދުން ދުން އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ، ބޮޑަށް ލަފާކުރެވޭގޮތުގައި އެ ހާދިސާ ހިންގަންމެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ.
އެސަރަހައްދުގައި އަލިފާން ނިއްވާ ސިފައިން ހަރަކާތްތެރިވަމުން އައި ނަމަވެސް އެކަމާ ގުޅޭގޮތުން ސިފައިންގެ ބަހެއް އަދި ލިބޭގޮތެއްނުވެއެވެ.