Last Updated: 1 decade 3 week ago
ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ މުލީއާގެ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދުގެ އިތުރުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް މިހާރު ކުރިއަށްގެންދާ ކަމަށެވެ.
ޣިޔާސުއްދީން ސްކޫލާ ހިސާބުން ފެށިގެން ކަލުތުއްކަލާ ކޮށީގެ ފުރަގަސް މަގާ ހިސާބަށް ފުލުހުން ވަނީ މީހުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ.
މަންޒަރު ފެނުނު ސަންގެ ނޫސްވެރިޔަކު ބުނީ އެސަރައްދުގައި ހަރަކާތްތެރިވާ އެސްއޯ ފުލުހުން ތިބީ ވަރަށް ހާސްވެފައި ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި ހުރިހާ އެންމެން ނެރެ، މިފްކޯ މަސް ފިހާރަ ކައިރީ ވަނީ ފަޔާ ލޮރީއެއް ބާއްވާފައި ކަމަށެވެ.
ސްޓޭޑިއަމް ސަރަހައްދުގައި ތިބި ބައެއް މީހުން ސިފައިންނާ ފުލުހުން އެ ސަރަހައްދގައި ހަރަކާތްތެރި ވަނީ ލިބުނު އިންޒާރަކާ ގުޅިގެން ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ..
ސިފައިންގެ ޕްރެސް ކޮންފަރެންސް ނިންމާލައިފި.
މި ޑިވައިސްއަކީ ވަރަށް ބާރުގަދަ ޑިވައިސްއެއް. މީގެ އެއްޗެއް ގޮއްވާލައިފި ނަމަ ވަރަށް ބޮޑު ޑެމޭޖެއް ލިބޭނެ. މިފަދަ ތަކެތި އާންމުކޮށް ބޭނުންކުރޭ، ފަރުބަދަތަކުގެ އެތެރޭގައި ގޮއްވުމަށާއި ފަރުތައް ފަދަ ތަންތަން ގޮއްވުމަށް.

އެޑިވައިސް އަޅުގަނޑުމެން ތަހުލީލުކުރުމުން އެނގުނީ އައިއީޑީ ގޮއްވާލުމަށް ބޭނުންކޮށްފައި ވަނީ، ސްޓިކް ޑައިނަމައިޓެއް ކަން. ސްޓިކް ޑައިނަމައިޓަކީ އޭގެ ޒާތުގައި ވަރަށް ބާރުގަދަ ގޮޗުމެއް ގޮވާ އެއްޗެއް.
ދެން އަޅުގަނޑުމެންގެ އީއޯޑީ ޓީމުން މަސައްކަތްކުރީ އެ ޑިވައިސް ނުގޮވާގޮތް ހެދުމަށް. އެގޮތުން އަޅުގަނޑުމެންގެ އީއޯޑީ ޓީމުން ވަނީ، އެ ނުގޮވާގޮތް ހަދާފައި.
މިއަދު އެ ޑިވައިސް ފެނުމާއެކު އަޅުގަނޑުމެން، އެ ސަރަހައްދުގައި ސިފައިންނަށް އެހީތެރިވުމަށް ފުލުހުންގެ ކިބައި އެދުނިން. ދެން އެ ސަރަހައްދުން މީހުން ދުރުކޮށް އެ ޑިވައިސް އަޅުގަނޑުމެންގެންދިޔައީ ރައްކާތެރިކަމާއެކު މާފަންނު ސްޓޭޑިއަމަށް.
އިއްޔެއިންފެށިގެން ސިފައިންގެ އިންޓެލިޖެންސަށް ވަނީ، މުލީއާގޭ ސަރަހައްދުގައި އޮތް ވެހިކަލެއްގައި ގޮވާއެއްޗެއް ހަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައި. ދެން މިއަދު އަޅުގަނޑުމެން ހިންގި އޮޕަރޭޝަންގައި ވަނީ އެ ޑިވައިސް ފެނިފައި.






