02 Nov 2015, 15:42
ކޮމްޕިއުޓަރާއި އެއާ ގުޅޭ ތަފާތު ސާމާނުތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ މެގަޗިޕުން މަޝްހޫރު ސޮފްޓްވެއާ ޑިވެލޮޕަރު، މައިކްރޯސޮފްޓާ ގުޅިގެން އާ ސޮފްޓްވެއާއެއް ތައާރަފްކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އަށް އަލަށް ތައާރަފްކުރީ މައިކްރޮސޮފްޓް އޮފީސް 365 އަދި ކްލައުޑް ސޮލިއުޝަނެވެ.
މެގަޗިޕުން ބުނީ އެފަދަ ސޮފްޓްވެއާތައް ތައާރަފްކުރުމުގެ ބޭނުމަކީ މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފަސޭހަ ގޮތެއްގައި މައިކްރޮސޮފްޓް ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށެވެ.
އެގޮތުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އާ ސޮފްޓްވެއާ އަދި މައިކްރޮސޮފްޓާ ގުޅޭ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފަ އެވެ.
މެގަޗިޕުން ބުނީ އޮފީސް އަދި ވިޔަފާރީގެ ކަންކަމުގައި މައިކްރޮސޮފްޓްގެ ޕްރޮގްރާމްތައް ރައްކާތެރިކަމާ އެކު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.