02 Nov 2015, 12:06
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގައުމީ ބެޑްމިންޓްން މުބާރާތާއި އަތޮޅު ލީގް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.
އެކުވެނީ ބެޑްމިންޓަން ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 42 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި އަށް ވަނަ އަތޮޅުލީގް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 26 އިން އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ. އެ ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނާއި ކްލަބް،ޖަމިއްޔާތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެންޓްރީ ފޯމް ފުރިހަމަ ކުރުމަށް ފަހު އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް އެދެ އެވެ.
މިދިޔަ އަހަރު ބޭއްވި ބެޑްމިންޓަން އަތޮޅުލީގް ގެ ޗެމްޕިއަންކަން ހޯދައިގެން އޭދަފުށި ބީޑީސީ އިން ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ލިބިފައިވަނީ އާކްއަށެވެ.