ލީބިޔާގެ ކުރީގެ ރައީސް މުއައްމަރު އަލް ގައްޒާފީގެ ދަރިކަލުން ސާދީ ގައްޒާފީއަށް ހުކުމް ކުރުން އަންނަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހަށް ޓުރިޕޮލީ ކޯޓުން ފަސްކޮށްފި އެވެ.

ސާދީ ގައްޒާފީ ހައްޔަރު ކޮށްފައި ވަނީ ފުޓްބޯޅަ ކުޅުންތެރިއެއް މަރާލުމުގެ ތުހުމަތުގަ އާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައެވެ.

ސާދީ ގައްޒާފީއަށް ހުކުމް ކުރުން ލަސްކޮށްފައި ވަނީ ސާދީގެ ވަކީލު އެ ކޭސް އިތުރަށް ދިރާސާކުރުމަށާއި އަދި އަސްކަރިއްޔާގެ ޕްރޮސްކިއުޓާގެ ލިޔުންތައް ހޯދުމަށް އިތުރަށް ވަގުތު ދެއްވުމަށް ޓުރިޕޮލީގެ ފަނޑިޔާރުގެ އަރިހުން އެދުމުންނެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދިން ބަޑީގެ ހަމަލާތަކެއްގައި މަރާލި ކުރީގެ ރައީސް މުއައްމަރު އަލް ގައްޒާފީގެ އެހެން ދަރިކަލެއް ކަމަށްވާ ސައިފް އަލް އިސްލާމް އަށް ލީބިޔާގެ ޒިންތާނުގައި އަމިއްލައަށް ސަރުކާރު ހަދައިގެން އުޅޭ ފަރާތްތަކުން ވަނީ މަރުގެ ހުކުމް ކޮށްފަ އެވެ. އެ ހުކުމް އަދި ތަންފީޒު ނުކުރެ އެވެ.

ސާދީ ގައްޒާފީއަށް އަނިޔާ ކުރާ ވީޑިއޯ އެއް މިދިޔަ އޮގަސްޓު މަހު ވަނީ އާއްމުވެފަ އެވެ.

ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު ލީބިޔާ ވަނީ ދެބަޔަކަށް ބެހިފަ އެވެ. ގައުމުގެ ދެ ސަރުކާރުން ދަނީ ލީބިޔާގެ ވެރިކަން ހޯދުމަށްޓަކައި ހަނގުރާމަ ކުރަމުންނެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޔޫއެން އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މައުލޫމާތު: ރޮއިޓާސް