01 Nov 2015, 19:21
ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ރީފްސައިޑުން ކުރިއަށްގެންދާ "އިޔާ އެންޑް ޕްރޮމޯޝަން" ފަށައިފި އެވެ.
ސޮނީ ބްރާވިއާ ޓީވީއަށް ހާއްސަކޮށް ރީފްސައިޑުން މިއަހަރު ނިންމާލުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނަށް ކިޔަނީ "ސޮނީ ޑޭސް 2015" އެވެ.
ރީފްސައިޑުން މިއަހަރު ވަނީ ސޮނީ ބްރާވިއާ ބްރޭންޑްގެ އާ އެންޑްރޮއިޑް ޓީވީތަކެއް ބާޒާރަށް ނެރެފައެވެ. މިއަހަރު ޕްރޮމޯޝަންގެ ތެރެއިން ރީފްސައިޑުން ސޮނީ ބްރާވިއާ ޓީވީ ގަތުމުން އަގުހުރި އިނާމުތަކެއް ހިލޭ ލިބެއެވެ.
އެގޮތުން ޕްރޮމޯޝަންގެ ހާއްސަ ކަންތައްތަކުގެ ތެރޭގައި ސޮނީ ބްރާވިއާ 64 އިންޗީގެ ޓީވީއެއް ގަތުމުން ފަހުގެ ޕީއެސް4 އެއް ހިލޭ ލިބެއެވެ. އަދި ބައެއް ޓީވީ ގަތުމުން ސޮނީ ޕަވަބޭންކް އަދި ޑީވީޑީ ޕްލެޔާ ފަދަ ތަކެތި ހިލޭ ލިބެއެވެ.
ރީފްސައިޑުން ބުނީ ޕެކޭޖް ތަކާއެކު ޓީވީތަކުގެ އަގު ބޮޑެއް ނުވާނެ ކަމަށެވެ. ސޮނީ ބްރަވިއާ ޓީވީ ތަކުގެ އަގުތައް އުޅެނީ 5000 އިން ފެށިގެން 20،000 އާއި ދެމެދުގެ އަގުތަކެއްގައެވެ.
ރީފްސައިޑުން ވަނީ މިއަހަރު ފަހުކޮޅު ސޮނީ ބްރާވިއާގެ މުޅިންއާ ޓީވީ މޮޑެލްއެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރަން ނިންމާފައެވެ. އެއީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ތުނި ޓީވީ އެވެ. އެގޮތުން 4ކޭ ކޮލިޓީގެ އެ ސްކްރީންގެ ބޯމިނުގައި ހުންނަނީ އެންމެ ތިން މިލިމީޓަރެވެ. މިއީ ފަހުގެ ސްމާޓް ފޯނުތަކުގެ ބޯމިނާ ދާދި އެއް ސައިޒެކެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.