މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ޕާމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް ހުސައިން ސިނާނު މިއަދު ހަމަޖައްސައިފި އެވެ.

ސިނާނުއަކީ ބިޒްނަސް އެޑމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މާކެޓިން އަދި މެނޭޖްމަންޓް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

ޝިނާން އަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1995 އިން ފެށިގެން މިހާތަނަށް އޭނާ ގެންދެވީ އެސްޓީއޯގައި މަސައްކަތް ކުރަމުންނެވެ.

ފިޝަރީޒު މިނިސްޓުރީގެ ޕާމަންންޓް ސެކްރެޓަރީ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަސީރު ސަރުކާރުގައި 32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އިސްތިއުފާދެއްވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.