01 Nov 2015, 12:37
ބެޑްމިންޓަން އޭޝިއާ ކޮންފެޑްރޭޝަން (ބީއޭސި)ގެ އޭޝިއަން ޑިވްލަޕްމެންޓް ޓްރޭނިން ޕްރޮގްރާމެއްގައި ރާއްޖޭގެ ޖޫނިއާ ބެޑްމިންޓަން ތިން ކުޅުންތެރިޔަކު މެލޭޝިއާއަށް ހިނގައްޖެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ސެކެޓްރީ ޖެނަރަލް މުހައްމަދު ރީޝާން ސަން އަށް ވިދާޅުވީ މިޕްރޮގްރާމަކީ ބޭޑްމިންޓަން އޭޝިއާ ކޮންފަޑްރޭޝަންއިން ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށްދިން ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
އެ ތަމްރީން ޕްރޮގުރާމަކީ ދެ މަސް ދުވަހުގެ ޕްރޮގްރާމެއް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ.
ޓްރޭނިންގ ޕްރޮގްރާމުގައި ފެށުމަށް ޝެޑިއުލްކޮށްފައި ވަނީ މިމަހު ފަސް ވަނަ ދުވަހުއެވެ.
ޕްރޮގުރާމުގައި މެލޭޝިއާއަށް ފުރި ޖޫނިއާ ތިން ކުޅުންތެރިންނަކީ މުޙައްމަދު ހީޝާމް ލަޠީފާއި އަހްމަދު ޝާދިން ޖަލިލްގެ އިތުރުން ޢަލީ ރިޒްމީއެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖޭގެ އެންމެ މޮޅު ދެ ބެޑްމިންޓަން ކުޅުންތެރިން ކަމުގައިވާ އަފްނާން އާއި ޝަހުރުނާޒު ވަނީ އޮލިމްޕިކް ކޮމިޓީގެ އެއް އހަރު ދުވަހުގެ ސްކޮލަޝޮޕެއްގައި އިނޑިއާގެ ބެންގަލޫރަށް ގޮސްފައެވެ.