BREAKING: Naib Raees aa gulhey seedha heki ebahuri: Umar
BREAKING: Naib Raees aa gulhey seedha heki ebahuri: Umar

Last Updated:
1 decade 3 week ago

ނާއިބު ރައީސް އަދީބާ ގުޅޭ ސީދާ ހެކި އެބަހުރި: މިނިސްޓަރު އުމަރު

    ބުލޮގު ޚުލާސާ

    ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވާ 8 މީހެއްގެ ނަން ނެޝަނަލް އިންކުއަރީ ކޮމިޝަނުން (އެންއައިސީ)އިން އާންމުކޮށްފި އެވެ.

    އެ އަށް މީހުންނަކީ މުހައްމަދު އައްލާމް ލަތީފާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މުހައްމަދު ވިޝާމާއި އަހްމަދު ފާތިހާއި މުހައްމަދު އަސީލް އަހުމަދާއި އަހުމަދު އަޝްރަގާއި ހުސައިން ސިނާން އަހުމަދާއި އިޝްފާގު އަލީ އެވެ.

    ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ އަށް މީހުންނަކީ ފިލައިގެން އުޅޭ މީހުން ކަމާށާއި އެ މީހުން އެނބުރި ރާއްޖެ އައުމުން އިލްތިމާސްކުރާ ކަމަށެވެ. އަދި އެ މީހުން ރާއްޖެ ނައިސްފިނަމަ އިންޓަޕޯލްމެދުވެރިކޮށް އެ މީހުން ހޯދަން ރެޑްނޯޓިސް ނެރޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

    11:43އާދަމް ނަޒީރު

    މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ހައްޔަރުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އެ މައްސަލާގައި ޝާމިލުވާ ކަމުގެ ސީދާ ހެކި އެބަހުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

    ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) އިން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ އަދީބު ހައްޔަރުކޮށްފައި ވަނީ އޭނާއާ ގުޅޭ ހެކި ހުރުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ތަހުގީގު ޓީމުން ނައިބު ރައީސް އަދީބުގެ ފަހަތުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގު ޓީމުން އަބަދު ވެސް ދާނީ ހެކީގެ ފަހަތުން ކަމަށެވެ.

    "އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލާނަން. އަޅުގަނޑުމެން މިދަނީ މީހުންގެ ފަހަތަކުންނެއް ނޫން. އަޅުގަނޑުމެން ދަނީ ހެކީގެ ފަހަތުން. އެ ހެކި އަޅުގަނޑުމެން ގެންގޮސްދީފާނެ މީހަކާ ހަމައަށް. ގެންގޮސްދީފިއްޔާ ދެން އެމީހަކާއި އެކީ އަޅުގަނޑުމެން މަސައްކަތް ކުރާނީ. އަޅުގަނޑުމެން މިހާ ހިސާބަށް ދަތުރު ކުރި ހެކިތައް އަޅުގަނޑުމެން ގެންގޮސްދިނީ ނާއިބު ރައީސްއާ ހަމައަށް. އެހެންވެގެން ނާއިބު ރައީސް ހައްޔަރުކުރީ،" އުމަރު ވިދާޅުވި އެވެ.

    މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން މާލެ ގެއެއް ބަލައި ފާސްކުރި ކުރުމުގައި ފިސްތޯލެއް ފެނުން ކަމަށް ދެކެވުނު ވާހަކައާ ގުޅޭ ގޮތުން "ސަން" އިން ސުވާލު ކުރުމުން މިނިސްޓަރު އުމަރު ވިދާޅުވީ އެރޭ މާލޭގައި ފުލުހުންގެ ގެއެއް ބަލާ ފާސްކުރި ކުރުމުގައި ފިސްތޯލެއް ފެނިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ފިސްތޯލު އެގެއިން ފެނުނު މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

    މާލެ ގެއަކުން ފިސްތޯލެއް ފެނިފައިވާއިރު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ހިބަޅިދޫން ހޯދާފަ އެވެ. އޭގެތެރޭގައި ހަނގުރާމަވެރި ބަޑި އާއި ބޮން ހިމެނެ އެވެ. އޭގެތެރޭގައި އޭކޭ ސީރީސްގެ ޓީ 56 ގެ ފުލް ވެޕަން ސިސްޓަމަކާއި އެމްޕީ ފައިވްގެ 5 ފުލް ސިސްޓަމަކާއި ބްރައުނިން ހައި ޕަވާ ޕިސްޓަލްއެއް ހިމެނެ އެވެ. ހަމައެއާއެކު ދުރު ރޭންޖަކުން ހަމަލާދޭ ސްނައިޕާ ބަޑިއެއްގެ އިތުރުން އަދި ދެ ހޭންޑް ގްރަނޭޑެއް (އަތު ބޮމް) ވެސް ވަނީ ހޯދާފަ އެވެ.

    11:39

    ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ނައިބު ރައީސް އަދީބުގެ ނުފޫޒެއް ނޯންނާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި.

    މިނިސްޓަރު އުމަރު ނަސީރު

    ނައިބު ރައީސް އަދީބާ ގުޅޭ ސީދާ ހެކި ހުރި ކަމަށް އުމަރު ވިދާޅުވެއްޖެ.

    އަޅުގަނޑުމެން ދަނީ މީހުންގެ ފަހަތަކުން ނޫން. އަޅުގަނޑުމެން ދަނީ ހެކިންގެ ފަހަތުން. އަޅުގަނޑުމެން ހެކީގެ ފަހަތުން ގޮސްގެން އަދީބާ ހިސާބަށް ދެވުނޫ

    11:29

    ލޯންޗުގައި ގޮއްވާލި އެތީގެ ސަބަބުން މީހަކު މަރުވުން އެކަށީގެންވާ ކަމަށް ވިދާޅުވި. އަދި ފުރާނަ ދާނީ އެ ގޮވި އެއްޗާ ހުރި ކައިރި އަދި ދުރުމިނާ އެކުގައި ކަމަށް ވިދާޅުވި.

    11:25

    އިންޑިއާއިން ވެސް ލޯންޗުކޮޅުގެ ގޮވުން ބަލައި ތަހުގީގު ކުރި ކަމަށާއި ނަމަވެސް އެކަމަކީ އެ ބޭފުޅުންގެ ސަލާމަތަށްޓަކައި ބެލި ކަމެއް ކަމަށް. އަދި އިންޑިއާއިން އެ ތަހުގީގުގެ ރިޕޯޓެއް ސަރުކާރަށް ހަވާލެއް ނުކުރާނެ ކަމަށް ވިދާޅުވި. އޮސްޓްރޭލިއާއިން ތަހުގީގުގައި ބައިވެރިއެއް ނުވޭ.

    11:23

    މިނިސްޓަރު އުމަރު ވިދާޅުވީ ނައިބު ރައީސްގެ އަތުން ބާރުތައް ނެގުމަކީ ތަހުގީގު ލިބޭނެ ކުރިއެރުމެއް ކަމަށް.

    11:19

    މެލޭޝިއާއިން ހައްޔަރު ކުރި ގަލްފުކްރާފްޓުގެ މެނޭޖިން ޑިރެކްޓަރު ހާމިދު އިސްލާއިލް (ހާމިދު ސޭޓް) މެލޭޝިއާގެ މަގުން އޮސްޓްރޭލިއާއަށް ފިއްލަވަން މަސައްކަތް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި. އޭނާ މެލޭޝިއާއިން ހައްޔަރު ކުރީ އެނބުރި ރާއްޖެ ވަޑައިގަތުމަށް އެދިފައިވަނިކޮށް، ފިލަން އުޅުމުން ކަމަށް. ފޯނުން ގުޅައި ރާއްޖެ ވަޑައިގަތުމަށް އެދުނު ކަމަށް އުމަރު ވިދާޅުވި.

    11:16

    ހޯދަމުންދާ މީހުންނާ އެމްއެމްޕީއާރްސީގެ މައްސަލަ އާއި ލޯންޗުކޮޅުގެ މައްސަލައާ ގުޅުން އޮތް ކަމަށް މިނިސްޓަރު ވިދާޅުވި. ތުހުމަތު ކުރެވޭ މީހުން އެނބުރި އައުމަށް މިނިސްޓަރު އުމަރު އިންޒާރު ދެއްވި

    11:08

    ލޯންޗުގެ އެތެރޭގެ ބައިބައި ވަކިވެފައި ހުރިތަން ފޮޓޯއިން ފެނޭ. ގޮނޑިތަކުގެ ބައިތައް ވަކިވެ، ލޯންޗު ދުއްވަން އިން ކެޕްޓަން ހުރިތަނަށް ވެސް ބޮޑެތި ގެއްލުންވެފައިވޭ. އެއާކޮންޑިޝަންގެ ބްލޯވަރާއި ލަވަޖަހާ ސެޓާއި ސްޕީކަރުތައް ވިއްސައިގެން ގޮސްފައިވާތަން ފޮޓޯތަކުން ފެނޭ.

    11:06

    އާންމުކޮށް ރައީސުލްޖުމްހޫރިއްޔާ އިށީންނަވާ ގޮނޑިކޮޅަށް ހަމަލާ އަމާޒުވެފައިވާ ކަމަށް އުމަރު ވިދާޅުވި. ނަމަވެސް އެ ދުވަހު އެ ގޮނޑިކޮޅުގައި އިށީންނެވީ ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަމަށް އުމަރު ވިދާޅުވި.

    11:04

    ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުން ލިބުނު ގެއްލުންތައް ދައްކާލަނީ. ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި ލޯންޗުގެ ތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.

    11:02އާދަމް ނަޒީރު

    ޕްރެސް ކޮންފަރެންސް ފަށަމުން މިނިސްޓަރު އުމަރު ވިދާޅުވީ ތުހުމަތު ކުރެވޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، ހުކުމް ކުރެވޭނެ ކަމަށް. އިއްޔެ ފެނުނު ހަތިޔާރުތަކަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ މަސައްކަތްތައް ކުރިއަށްދާ ގޮތުން ކާމިޔާބު ތަހުގީގެއް ހިންގޭނެ ކަމަށް.