01 Nov 2015, 10:07
ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ އެޑިއުކޭޝަންގެ މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަތަރު ފައުންޑޭޝަންގެ ދައުވަތަކަށް ރައީސް ވަހީދު ކުރައްވާ ދަތުުރުފުޅުގައި ތައުލީމާ ބެހޭ ވަޒީރުންގެ ޚާއްސަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން އޮންނާނީ ކޮން ދުވަހެއްގައި ކަމެއް ނުބުނެ އެވެ.
ރައީސް ވަހީދަށް އެ ދައުވަތު ލިބިފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ތައުލީމާ ބެހޭ މާހިރަކަށް ވާތީ ކަމަށް ވެސް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.