01 Nov 2015, 02:14
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސްވަންސީ ސިޓީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައި، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް އެޓީމްގެ ފަހަތުގައި އާސެނަލް ވިއްދައިފިއެވެ.
މެންސިޓީއަށްވެސް 25 ޕޮއިންޓް ލިބިފައިވާއިރު އާސެނަލަށްވެސް ލިބިފައިވަނީ 25 ޕޮއިންޓެވެ. ނަމަވެސް މެންސިޓީއަށް ތާވަލްގެ ކުރި ލިބެނީ ލަނޑުގެ ތަފާތުން ކުރިގައި އޮތުމުންނެވެ.
ސްވަންސީގެ ލިބަޓީ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި އޮލިވާ ޖިރޫޑް ކަމިޔާބު ކުރީ މެސްޓް އޮޒިލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އާސެނަލްގެ ދެ ވަނަ ލަނޑު 68 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލޯރެންޓް ކްސިއަލްނީއެވެ.
އާސެނަލްގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓްގައި ޖޮއެލް ނަތޯނިއަލް ކެމްޕެބެލް ކާމިޔަބު ކުރިއރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިން އޮޒިލްއެވެ.