01 Nov 2015, 02:00
އިނގިރޭސި ޕްރިމިއާ ލީގްގައި ލީގް ތާވަލްގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއިން ރޭ ނޯވިޗް ސިޓީގެ މައްޗަށް 2-1 ގެ ނަތިޖާއަކުން ކުރި ހޯދިއިރު މެންޗެސްޓާ ޔުނައިޓެޑް ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗް ލަނޑެއް ނުޖެހި އެއް ވަރުވެގެން ނިމިއްޖެއެވެ.
މެން ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް އެޓީމުންނެވެ.
އެގޮތުން 63 ވަނަ މިނެޓްގައި މެންސިޓީއިން ލީޑް ނެގި ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން ޑިބްރުނީ ތަނަވަސްކޮށްދިން ފުރުސަތަކުން ނިކޮލަސް އޮޓަމެންޑީއެވެ.
މެޗްގައި ނޯވިޗް އެއްވަރު ކުރި ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބުކުރީ ކެމަރަން ޖެރޯމްއެވެ.
އެލަނޑަށް ފަހު ގިނަ ބަޔަކު ހީކޮށްގެން ތިބީ މެޗް ނިމޭނީ އެއް ވަރުގެން ކަމަށެވެ.
ނަމަވެސް މެންސިޓީއިން ލީޑް ނެގި ލަނޑު ޔާޔާ ޓޯރޭ ކާމިޔަބު ކުރީ ނޯވިޗްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ރުޒެލް މާޓިން އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.
ރެފްރީ ވަނީ ސިޓީއިން ނޯވިޗްގެ ގޯލަށް ފޮނުވަލި ބޯޅައިގައި އަތުން ޖެހުމުން ރުޒެލްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެ ލަނޑަށްފަހުވެސް މެޗްގެ 90 މިނެޓް ކުޅުން ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ފަހު މިނެޓްގައިވެސް މެންސިޓީއަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ.
ނޯވިޗްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ރޮބީ ބްރޭޑީ މެންސިޓީގެ ރަހީމް ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެލެގްޒެންޑާ ކްލޮރޯވް ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ރޭ ކްރިސްޓަލްގެ ސްޓޭޑިއަމް ސަލްހާސްޓް ޕާކުގައި ކުޅުނު މެޗް ލަނޑެއް ނުޖެހި އެއް ވަރުވެގެން ނިމުނު އިރު މިއީ 2005 ވަނަ އަހަރުގެ ފަހުން ސީޒަނެއްގައި ތިން މެޗެއްގައި ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނު ފުރަތަމަ ސީޒަނެވެ.
މިމެޗުން މެންސިޓީ އެއްވަރުވިއިރު މެންޔޫ އޮތީ 21 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ.