21 Apr 2010, 10:01
10:00
އދ.ގެ ތިމާވެށްޓާބެހޭ ސަމިޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދެކުނު ކޮރެޔާއަށް ފުރައިވެޑައިގެންފި އެވެ.
ފުރައިވަޑައި ގަތުމުގެ ކުރިން ދަތުރުފުޅާ ބެހޭ ގޮތުން ރަސްމީ ފާލަމުގައި ހުންނަވައިގެން ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވީ އދ.ން އިންތިޒާމް ކޮށްގެން ބާއްވާ އެ ސަމިޓަކީ ތިމާވެށީގެ މައްސަލަތަކާއި ބެހޭ ގޮތުން އެންމެ ފުޅާދާއިރާއެއްގައި އދ.ން މަޝްވަރާ ކުރާ ބައްދަލުވުން ކަމަށެވެ. އަދި އެ މަނިކުފާނުގެ އެ ދަތުރުފުޅުގައި ދެކުނު ކޮރެޔާގެ ރައީސާ ބައްދަލު ކުރައްވާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރީގެ އާ ގުޅުންތަކެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ދެކުނު ކޮރެޔާއަށް ކުރައްވާ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީވެސް ބައިވެރިވެވަޑައި ގަންނަވަ އެވެ.