01 Nov 2015, 00:49
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗްގައި ފަހަތުން އަރައި ލިވަޕޫލުން 3-1 ނަތީޖާއަކުން ޗެލްސީގެ މައްޗަށް ކުރިހޯދައި ލިވަޕޫލުން ޗެލްސީއާ އެޓީމުގެ ކޮޗް ހޯސޭ މޮރީނިއޯއަށް ހާސްކަން ކުރިމަތިކޮށްފިއެވެ.
ޗެލްސީގެ އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ޗެލްސީއިންނެވެ.
އެގޮތުން މެޗް ފެށިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީއަށް ލަނޑު ޖަހައިދިނީ ދާދިފަހުން ޗެލްސީގެ އާ އެއްބަސްވުމުގައި ސޮއި ކުރި ރަމިރޭސްއެވެ.
ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރި ލަނޑު ފުރަތަމަ ހާފުގެ މިނެޓްގައި ރޮބާޓޯ ފެރިމީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ފިލިޕެ ކްޓޫނިއޯއެވެ.
މެޗްގައި ޗެލްސީ ލީޑް ނެގި ލަނޑުވެސް ކާމިޔާބު ކުރީ ކްޓޫނިއޯއެވެ. މެޗްގެ 75 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ކްރިސްޓިއަން ބެންޓެކޭއެވެ.
މެޗްގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު 83 ވަނަ މިނެޓްގައި ކްރިސްޓިއަން ބެންޓެކޭ ކާމިޔާބުކުރީ އިނގިރޭސި ޒުވާން ޓީމުގެ އުމުރުން 19 އަހަރުގެ ޒުވާން މިޑްފީލްޑާ ޖޯޑަން އިބޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މިމެޗުން ބަލިވުމުން ޗެލްސީގެ ކޯޗް މޮރީނިއޯއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ. މިރޭގެ މެޗާ ހަމަޔަށް މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ މިމެޗުން ޗެލްސީ ބަލިވެއްޖެނަމަ ޗެލްސީގެ ކޯޗް ކަމުން މޮރީނިއޯ ވަކި ކުރާނެ ކަމަށެވެ.
ނަމަވެސް މެޗަށް ފަހު މޮރީނިއޯ ވަނީ އޭނާ މަގާމުގައި ދެމިހުންނާނެ ކަމުގެ ޔަގީން ކަން ދީފައެވެ.
ރޭގެ މެޗުން ބަލިވުމުން ޗެލްސީ ވަނީ މިހާތަނަށް މިސީޒަންގައި ހަ މެޗުން ބަލިވެފައެވެ. މިއީ މޮރީނިއޯގެ ޗެލްސީގެ ކޯޗިން ކެރިއާގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ބަލިވި ފަހަރެވެ.
މިމެޗުން ޗެލްސީ ބަލިވިއިރު އެޓީމު އޮތީ 11 ޕޮއިންޓާއެކު ލީގް ތާވަލްގެ 15 ވަނައިގައެވެ.
މިމެޗުން މޮޅުވުމުން ލިވަޕޫލް ލީގްގެ ހަތް ވަނައިގައި އޮތީ 17 ޕޮއިންޓް ލިބިގެނެވެ. މިމެޗަކީ ލިވަޕޫލްގެ ކޯޗް ކަމާ ޖޯޖަން ކޮލެޕް ހަވަލުވިފަހުން މޮޅުވި ފުރަތަމަ މެޗެވެ.