31 Oct 2015, 23:31
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހަރިކޭންގެ މައްޗަށް 19 ޕޮއިންޓްގެ ތަފާތަކުން ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފިއެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗްގައި ޓީރެކްސް 75 ޕޮއިންޓް ހޯދިއިރު ހަރިކޭންއަށް ހޯދިފައިވަނީ 56 ޕޮއިންޓެވެ.
މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީރެކްސްގެ ކެޕްޓަން އިންޑިއާގެ ރިކިން ކެތަނީއެވެ. އޭނާ ވަނީ މެޗްގައި ޖުމުލަ 25 ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ކެތަނީއެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ޓީރެކްސްގެ ކޯޗް އިބްރާހިމް ނާހިދެވެ.