31 Oct 2015, 20:43
ރީޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު)ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އޭނާގެ ބަންދަށް 15 ދުވަސްޖެހީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހާމިދަކީ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ވަރަށް ގާތްގުޅުމެއް އޮންނަ ބޭފުޅެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މެލޭޝިއާ އިންނެވެ.
ފުލުހުން މީގެކުރިން ވަނީ އެތައްފަހަރަކު ހާމިދުގެ ގެ ކަމުގައިވާ މ. ޝުރާމަންޒިލް ކޯޓު އަމުރެއްގެދަށުން ބަލައިފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފައެވެ.