މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 1736918 ޑޮލަރުގެ ފައިދާއެއް ވެއްޖެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1140936 ޑޮލަރެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި 1736918 ޑޮލަރު ލިބިފައި ވެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު، 595982 ޑޮލަރުގެ ކުރިއެރުމެކެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އަކީ ފުރަތަމަ ކުއާޓަރުގައި ލިބުނު މިންވަރަށް ވުރެ މަތީ އަދަދެކެވެ.

އެމްޓީޑީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް ޖެހިފައި ވަނީ 0.05 ޑޮލަރެވެ. ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހެނީ 0.03 ޑޮލަރެވެ.