މުވާސަލާތީ ކުންފުނި، ދިރާގަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 194.1 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 194.1 މިލިއަން ރުފިޔާގެ ފައިދާ އެކެވެ. އަދި ދެވަނަ ކުއާޓަރުގައި ލިބިފައި ވަނީ 181.9 މިލިއަން ރުފިޔާ އެވެ.

މިދިޔަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި 549.3 މިލިއަން ރުފިޔާ ލިބުނު އިރު ޓެކްސް އަށް ކެނޑުމުގެ ކުރިން 228.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

އެ ކުންފުނިން ޓެކްސްގެ ގޮތުގައި 34.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިދިޔަ ކުއާޓަރުގައި ޓެކުހަށް ދައްކާފައި ވަނީ 32.2 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 2.55ރ. ޖެހިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 10.20ރ. ހިއްސާ އަކަށް ޖެހިފައިވެ އެވެ.