31 Oct 2015, 15:02
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި 71.7 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ އެވެ.
އެސްޓީއޯގެ މިދިޔަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 297.4 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
އެސްޓީއޯގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ވިޔަފާރި ހިންގުމަށް 1.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތިން ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 4.116 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓެކްސް އަށް ކެނޑުމުގެ ކުރިން 85.6 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. އަދި ބީޕީޓީގެ ގޮތުގައި 13.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 63.7 ރުފިޔާ އެވެ.