ދިވެހި ސުވިމިން ކްލަބެއް ކަމުގައިވާ ނިއު ލެގޫން ސްވިމިން ކްލަބުގެ އެކްސްކޯ މެންބަރުން އިންތިޚާބުކޮށްފި އެވެ.

ސޯލްޓް ކެފޭގެ ސެމިނާ ރޫމްގައި ރޭ ބޭޢްވި އެ ކްލަބު ޢާންމު ބައްދަލުވުމަށް ހާޒިރުވި 34 މެންބަރުންގެ މެދުގައި ބޭއްވި އިންތީޚާބުގައި ރައީސް ކަމަށް ހޮވިފައި ވަނީ ޢާދިލް ރަޝީދެވެ.

ނިއު ލެގޫން ސްވިމިން ކުލަބުގެ އެކްސްކޯއަށް މެންބަރުން ހޮވުމަށް ބޭއްވި އިންޓީޚާބުގެ ތެރެއިން --- ފޮޓޯ/ ނިއުލެގޫން

އެކްސްކޯ އަށް މެންބަރުން އިންތީޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވީ ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް ޢިސްމާޢީލް ޢަލީ އެވެ.

ރޭގެ ޖަލްސާގެ ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ ވަހީދެވެ.

އެކްސްކޯގެ ބައްދަލުވުމަށް ޚާއްސަ މެހެމާނެއްގެ ގޮތުން އޯޓީޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަ އިފްހާމް ޙުސައިންނެވެ.

ނިއު ލެގޫން ސްވިމިން ކުލަބުގެ އެކްސްކޯއަށް މެންބަރުން ހޮވުމަށް ބޭއްވި އިންޓީޚާބުގެ ތެރެއިން --- ފޮޓޯ/ ނިއުލެގޫން

އެ ކްލަބުގެ ރައީސްގެ އިތުރުން އެކްސްކޯގެ އިތުރު ހަ މަގާމަކަށް ވަނީ މެންބަރުން އިންތީޚާބު ކޮށްފަ އެވެ.

ކުލަބުގެ އެކްސްކޯއަށް ހޮވުނު މެންބަރުން:

ޢާދިލް ރަޝީދު – ރައީސް

އަޙްމަދު ފަޔާޒު – ނައިބު ރައީސް

ޝާދިޔާ ހަސަން – ޖެނަރަލް ސެކެޓްރީ

އާމިނަތު ވިލްމާ – ހަޒާންދާރު

އެކްސްކޯގެ އާންމު މެންބަރުން

މުޙައްމަދު ނައީމު

އާސިޔާ އިބްރާހިމް

އާމިނަތު ވަފާ ސައީދު