މިސްރުގެ ރިޒޯޓް ރަށެއްކަމަށްވާ ޝަރުމުއް ޝައިޚުން ފުރައިގެން ރަޝިޔާއަށް ދަތުރުކުރަމުން ދިޔަ ރަޝިޔާގެ މަތިންދާބޯޓެއް މިސްރުގެ ސީނާ ސަރަހައްދަށް ވެއްޓިއްޖެއެވެ.

ރަޝިޔާގެ އާރްޓީ ނޫހުން ބުނީ އެބޯޓްގައި 220 މީހުން ތިބި ކަމަށާއި ބޯޓް ފުރަތަމަ މިސްރުގެ ރާޑަރުތަކަށް ގެއްލުނު ކަމަށާއި ނަމަވެސް ސީނާ ސަރަހައްދަށް ވެއްޓިފައިވާކަން މިސްރުގެ ބޮޑުވަޒީރު ޝަރީފު އިސްމާއީލް މިހާރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

އަލްޖަޒީރާ ބުނީ މިސްރުގެ އެއާ ޓްރެފިކް ކޮންޓްރޯލަށް މަތިންދާބޯޓް ގެއްލުނީ ޝަރުމުއް ޝައިޚުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. ވެއްޓުނު ބޯޓްގައި ގިނައިން ތިބީ ރަޝިޔާގެ ޓޫރިސްޓުން ކަމަށް ވެސް އަލްޖަޒީރާއިން ބުންޏެވެ.

ވެއްޓުނީ ރަޝިޔާގެ މެޓްރޯޖެޓް އެއާލައިންގެނަމްބަރު މަތިންދާބޯޓެވެ. އެއީ އެއާ ބަސް އޭ 321 މަރުކާގެ ބޯޓެކެވެ.

ބޯޓް ހޯދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.