މާލޭގެ މަގުމަތީ ޕާކްކޮށްފައި ހުރި ހަ ސައިކަލެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ކަޅުހުރާމަގު އޮފްރޯޑް ފިހާރަކައިރި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލުމުން އޭގެ ތެެރެއިން ހަ ސައިކަލަކަށް އެކިވަރުގެ ގެއްލުންވެފައިރުވާއިރު ދެ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެސައިކަލްތަކުގައި އަލިފާން ރޯކޮށްލާފައިވަނިކޮށް ފެނިފައިވަނީ ރޭ 2:36 ކަންހާއިރު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި ފުލުހުންނާއި ސިފައިންކުރި މަސައްކަތުން އަލިފާން ގަނޑު ނިއްވާލެވިފައިވަނީ ރޭ 3:15 ކަންހާއިރު ކަމަށެވެ.

އެމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާއިރު އެމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.