ރީޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް މެލޭޝިއާއިން މިދިޔަ ބުދަ ދުވަހު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއީލް (ހާމިދު ސޭޓު) މިރޭ ރާއްޖެ ގެނެސް ދޫނިދޫއަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހާމިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހާމިދަކީ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ވަރަށް ގާތްގުޅުމެއް އޮންނަ ބޭފުޅެވެ.

ފުލުހުން މީގެކުރިން ވަނީ އެތައްފަހަރަކު ހާމިދުގެ ގެ ކަމުގައިވާ މ. ޝުރާމަންޒިލް ކޯޓު އަމުރެއްގެދަށުން ބަލައިފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފައެވެ.