ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ މާމަ ޢާއިޝަތު އާދަމް ނިޔާވެއްޖެ އެވެ.

އުމުރުފުޅުން 95 ގައި ޢާއިޝަތު އާދަމް ނިޔާވެފައިވަނީ، ބަލިވެ އުޅުއްވުމަށްފަހު ރޭގެ އިރާކޮޅު ވަގުތެއްގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އާއިޝަތު އާދަމް އަކީ، ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް އަލީ އަބްދުﷲ (އެލިއާ އަބްދުﷲ)ގެ މަންމައެވެ.