ނޭޕާލްގެ ރައީސާކަމަށް އަލަށް ‏‏އިންތިޚާބުވެވަޑައިގެންނެވި ބިދްޔާ ދޭވީ ބަންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ‏ތަހުނިޔާ ވިދާޅުވެއްޖެ އެވެ‏‎.‎

‏‏ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ‏‏‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބިދްޔާ ދޭވީ ބަންދާރީއަށް ‏ތަހުނިޔާ ވިދާޅުވެފައިވެ އެވެ.‏ އަދި ބިދްޔާ ދޭވީ ބަންދާރީގެ ‏ޒަޢާމަތުގައި ނޭޕާލަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ‏‎.‎‏ މީގެ އިތުރުން، ދިވެހި ރާއްޖެއާއި ނޭޕާލާ ‏ދެ ގައުމުގެ ދެމެދުގައި ‏‏އޮތް ރަޙުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.