ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ހިބަޅިދޫ ބަލައި ފާސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ، ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކޯޓު އަމުރެއްގަދެށުން އެރަށް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން އެރަށް ބަލައި ފާސް ކުރަމުންގެންދަނީ ފުލުހުންނާ ސިފައިން ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.