28 Oct 2015, 14:14
މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ހާރިޝް މުހައްމަދު ހަމަޖައްސައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އެމްއެމްޕީއާރުސީގެ ބޯޑަށް ހަމަޖެއްސި ހާރިޝް އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސިކަން އޭނާ ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ހާރިޝް މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މަސައްކަތްތަކަށް އަހުލުވެރިވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީ އޮފީސް ހުޅުވި މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވެސް ހާރިޝް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔަތު ވަނީ ފުލުހުންގެ އިދާރާގެ އިސްވެރިންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.