ނައިބު ރައީސް އަހްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަންލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިސްތިއުނާފު މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން ހައިކޯޓަށް ފޮނުވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ އަދީބާއި ޒިޔަތު ގާނޫނީ ވަކީލު ހުސައިން ޝަމީމް ހުށަހެޅުއްވި ލިޔުންތައް ހައިކޯޓަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.

ނައިބު ރައީސް އަދީބު ހައްޔަރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުގަ އެވެ.

ޒިޔަތު ހައްޔަރުކޮށްފައި ވަނީ ދައުލަތުގެ ރަސްމީ ލިޔުންތަކެއް އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު މައްސަލައާ ގުޅިގެންނެވެ.