ތަފާތު އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ ނުވަތަ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ބޭފުޅުން ތިއްބަވާ ތަނަށް ނައިބު ރައީސް އަހުމަދު އަދީބު ބަދަލުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ބަންކޮށްފައިވާ ސިޔާސީ ކުށްވެރިން ތިބޭތަނަށް އަދީބު ބަދަލުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އެގޮތަށް އަމުރުކޮށްފައި ވަނީ އަދީބު ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގަ އެވެ.

އެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީވެސް ނައިބު ރައީސް ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސްމެދުވެރިކޮށެވެ.